Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

"އަފިރިންގެ އައްޑޫ ތަސައްވުރު" ލޯންޗްކޮށްފި

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ހާއްސަކޮށްގެން އެމްޑީޕީން އެކުލަވައިލި "އަފިރިންގެ އައްޑޫ ތަަސައްވުރު" މެނިފެސްޓޯ ރޭ ރަސްމީކޮށް ލޯންޗްކޮށްފި އެވެ.

އެ ލޯންޗްކޮށް ދެއްވީ ހިތަދޫގައި ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

"އަފިރިންގެ އައްޑޫ ތަަސައްވުރު" އާ ގުޅޭ ގޮތުން މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވީ އައްޑޫ މެނިފެސްޓޯ އަކީ ހަމައެކަނި ހުވަފެނީ ވާހަކަތަކެއް ނޫން ކަމަށާއި، އޭގައި ހިމަނާފައި ވަނީ ހާސިލު ކުރެވޭނެ ކަންކަން ކަމަށެވެ.

އެގޮތުން އައްޑޫގެ އަމިއްލަވަންތަކަމާ އެކު މިނިވަން އިގްތިސާދެއް ބިނާކުރުމަށް އިސްކަންދީފައިވާ މެނިފެސްޓޯގައި، ބަދަހި، ނޫ ފަހި އައްޑުއެއް އެއްގެ ތަސައްވުރު ހިމެނޭ ކަމަށް އޭނަ ވިދާޅުވި އެވެ. އަދި އައްޑު އަކީ ދިރިއުޅެން ހިތްފަސޭހަ، ފެހި ތަނަކަށް ހެދުމަށް ގިނަ ރޭވުންތަކެއް ހިމަނާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މެނިފެސްޓޯގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށްޓަކައި އަހަރަކު އެއްފަހަރު ޒުވާނުންގެ ފޯރަމެއް ބޭއްވުމާއި، ކައުންސިލްގެ ނިންމުންތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިމަނާފައިވެ އެވެ. އަދި އައްޑޫގެ އަވަށްތަކުގައި ޖިމްތައް ހިންގުމާއި، ސިންތެޓިކް ދުވާ ޓްރެކެއް އެޅުމާއި، މަގުތަކުގެ ހާލަތު ރަނގަޅުކުރުން ފަދަ އާންމުންނާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއް އޭގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އަންނަ މަހުގެ 4 ގައި ބާއްވާ ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލްގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ނިޒާރުގެ އިތުރުން ދެވަނަ ދައުރަކަށް ވާދަކުރައްވާ ކައުންސިލަރުންގެ ތެރޭގައި މެދުވަލު ދާއިރާ އަށް ވާދަކުރައްވާ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އާއި ކޮރަވަލު ދާއިރާ އަށް ވާދަކުރައްވާ އިބްރާހީމް ޝިނާޒާއި ރަސްގެދަރި ދާއިރާ އަށް ވާދަކުރައްވާ ހުސައިން ޒަރީޒާއި މާމެންދޫ ދާއިރާ އަށް ވާދަކުރައްވާ އައިމިނަތު އަދާލާގެ އާއި ބޭރުމަތި ދާއިރާ އަށް ވާދަކުރައްވާ މަރިޔަމް ސައީދާގެ އިތުރުން މޫލެކެޑެ ދާއިރާ އަށް ވާދަކުރައްވާ އަހުމަދު ސައީދެވެ.

ނަމަވެސް ސައީދު މި ފަހަރު ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޓިކެޓްގަ އެވެ.