Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

އަހާންގެ 3 ވަނަ ފިލްމުގެ ޑައިރެކްޓަރު ބަދަލުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ ޝޫޓިން ފަށަން ތައްޔާރީތައްވަމުން އައި ތިން ވަނަ ފިލްމުގެ ޑައިރެކްޓަރު ބަދަލުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދަން ނިންމާފައިވާ ފިލްމުގެ ޑައިރެކްޝަނާ ކުރިން ހަވާލުވި ޝާދު އަލީ ފިލްމު ދޫކޮށްލާފައިވާ ކަމަށެވެ. މީޑިއާތަކުން ބުނީ އޭނަ ފިލްމު ދޫކޮށްލީ ކުރިން ރޭވި ގޮތަށް ފިލްމުގެ ޝޫޓިން ނުފެށި ދިގުލައިގެން ދާން ފެށުމާ ގުޅިގެން ކަމަށެވެ.

އެހެންވެ އުއްތަރު ޕްރަދޭޝްގައި މަންޒަރުތައް ނަގަން ހަމަޖެހިފައިވާ ފިލްމުގެ ޑައިރެކްޝަނާ މިހާރު ހަވާލުވެފައި ވަނީީ ޓީނޫ ދެސާއީ އެވެ. އޭނަ އަކީ އަކްޝޭ ކުމާރުގެ 2023 ގެ 'މިޝަން ރާނީގަންޖް' އާއި 2016 ގެ 'ރުސްތުމް' ގެނެސްދިން ޑައިރެކްޓަރެވެ. 'ރުސްތުމް' އަކީ އަކްޝޭ އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބުނެވެ.

ޓީނޫ، އަހާން އަދި ޝާދު.

އަހާންގެ ފިލްމު ޝާދު ދޫކޮށްލުމުން ޓީނޫއާ ހަވާލުކޮށްފައިވާ އިރު، މީގެ ނަމާއި ބަތަލާ އަކީ ކާކުކަމާއި ޝޫޓިން ފަށާނެ އިރެއް އަދި ސާފެއް ނުވެ އެވެ. ޝާދަކީ ވެސް ކުރިން ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2002 ގެ 'ސާތިއާ' އާއި 2005 ގެ 'ބަންޓީ އޯރް ބަބްލީ' އެވެ.

އަހާންގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި 'ބޯޑާ 2' އެވެ. އޭނަ ބޮލީވުޑަށް ނުކުތީ 2021 ގެ 'ތަޅަޕް' އިންނެވެ.