Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ބަންގްލަދޭޝްގެ މީހަކު ރަހީނުކުރި ބަޔަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލައެއްގައި އެ ގައުމުގެ ބަޔަކު ހައްޔަރުކޮށްފި އެވެ.

ބުދަ ދުވަހު އެ މައްސަލަ ހުށަހެޅުމާއެކު، ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މީހާ ލޮކޭޓްކުރެވިފައި ވަނީ ވިލިމާލެއިން ކަމަށް ފުލުހުން ބުންޏެވެ. އޭނަ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

މި މައްސަލައާ ގުޅިގެން ހަައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 5 މީހެކެވެ. އެއީ، އެމްޑީ ހޮސައިން، 30، އާއި އެމްޑީ މެހެދި ހަސަން، 43، އާއި އެމްޑީ ޝާ އަލަމް، 39، އާއި ސާފިފް ހަސަން، 38، ގެ އިތުރުން ރަސަލް، 20، އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެންމެންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހައިފަ އެވެ.