Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ނޭޕާލްގެ އާ ބޮޑުވަޒީރު ހުވާކޮށްފި

މި މަހު ބޭއްވި އާންމު އިންތިހާބުކޮށް ކުރެއްވި ނޭޕާލްގެ އާ ބޮޑުވަޒީރު ބަލެންދުރަ ޝާހް މިއަދު މަގާމުގެ ހުވާކުރައްވައިފި އެވެ.

އެކަމަަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގައުމު ހިންގެވުމުގެ މަސްއޫލިިއްޔަތާ މިއަދު ރަސްމީކޮށް ހަވާލުވެވަޑައިގަތް އިރު، ޝާހް، 35، އަކީ ނޭޕާލްގެ އެންމެ ޒުވާން ބޮޑުވަޒީރެވެ. އާންމުންގެ ތެރޭގައި އޭނަ މަޝްހޫރުވީ ރެޕާއެއްގެ ގޮތުގަ އެވެ.

މަހުގެ 5 ގައި ބޭއްވި އާންމު އިންތިހާބު ޝާހްގެ ޕާޓީ، ރަސްތުރިއާ ސުވަންތަރާ ޕާޓީ (އާރްއެސްޕީ) ކާމިޔާބުކުރީ ގާނޫނު ހަދާ މަޖިލީހުގެ 275 ގޮނޑީގެ ތެރެއިން 182 ގޮނޑި ކާމިޔާބުކޮށްގެންނެވެ.

ނޭޕާލްގެ މި އިންތިހާބަކީ އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ޒުވާނުން ނުކުގެ ބޭއްވި މުޒާހަރާތަކަށް ފަހު، އެ ގައުމުގައި ބޭއްވި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އިންތިހާބެކެވެ.