ޙަސަދަވެރީންނާ މެދު ރައްކާތެރިވާށެވެ. އެމީހުންގެ ޙަސަދައަށް ނިމުމެއް ނެތެވެ. ތިބާއަށް ފެންނަ ހުވަފެންތަކާ މެދު ޙަސަދަ ލާ ބަޔަކު ތިބާގެ ޙަޔާތުގެ ޙަޤީޤަތްތަކުގެ މައްޗަށް، ޙަޔާތުގައި ލިބޭ ކާމިޔާބީއާއި އުފާވެރިކަމުގެ މައްޗަށް ކިހާ ޙަސަދައެއް ލާނޭ ހެއްޔެވެ؟
قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا- (يوسف 5)
“އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ. ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ. ފަހެ، އެއުރެން ތިބާޔަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ.”
ތިބާގެ ސިއްރުތައް ރައްކާކުރާށެވެ. ޙަސަދައިން ރައްކާތެރިވުމަށްޓަކައި އޮތް އެންމެ މޮޅު ރައްކާތެރިކަން ހޯދާށެވެ. ފަތިސް ނަމާދަށް ރައްކާތެރިވާށެވެ. އަދި ހެނދުނާއި ހަވީރުގެ ޛިކްރުތައް އެންމެ ދުވަހަކުވެސް ދޫނުކުރާށެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.