Last Updated: July 11, 19:25
Saturday, July 11, 2026
ދުނިޔެ

ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު ހައްޔަރުކޮށްފި

ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ހައްޔަރުކޮށްފި އެވެ.

އެ ގައުމުގެ ރަސްމީ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ބުނީ މި މަހުގެ ކުރީކޮޅު ބޭއްވި އާންމު އިންތިހާބުގައި ވެސް ވާދަކުރެއްވި އޮލީ، 74، މިއަދު ހައްޔަަރުކުރީ އޭނަގެ ވެރިކަމާ ދެކޮޅަށް މިދިޔަ އަހަރު ނޭޕާލްގެ ޒުވާނުން ވަރުގަދަ މުޒާހަރާތަކެއް ކުރުމުން އެ މީހުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތަހުގީގަށް ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރި އެ މުޒާހަރާތަކުގައި ސަރުކާރުގެ އޯޑަރަށް ސަލާމަތީ ބާރުތަކުން މުޒާހަރާ ކުރި މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި 76 މީހަކު މަރުވެފައިވާ އިރު، 2،000 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

މި މައްސަލައިގެ ތަހުގީގަށް އޮލީގެ އިތުރުން އޭނަގެ ސަރުކާރުގެ ހޯމް މިނިސްޓަރު ރަމޭޝް ލެކަކް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

މި ބޭފުޅުން ހައްޔަރުކޮށްފައި މި ވަނީ މި މަހުގެ 5 ގައި ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި ކުރެއްވި ކުރީގެ ޒުވާން ރެޕާ ބަލެންދުރަ ޝާހް ބޮޑުވަޒީރުކަމުގެ ހުވާ އިއްޔެ ކުރައްވާފައި ވަނިކޮށެވެ.