Last Updated: July 16, 11:54
Thursday, July 16, 2026
ޚަބަރު

އެސްއެމްއީ ޑިޖިޓަލް އަށް ޑިރެކްޓަރުން ހޯދަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ހާއްސަ، އެސްއެމްއީ ޑިޖިޓަލްގެ ބޯޑަށް އާންމު މެމްބަރުން އައްޔަން ކުރުމަށް އިއުލާންކޮށްފި އެވެ.

އެ ކުންފުނީގެ ބޯޑަށް މިނިވަން 3 ޑިރެކްޓަރުން އައްޔަންކުރުމަށްޓަކައި، އެކަމަށް ޝަރުތު ހަމަވާ ތަޖުރިބާކާރު ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އެސްއެމްއީ ޑިޖިޓަލް ބުނީ މިނިވަން ޑިރެކްޓަރުންނަށް ކުރިމަތިލެވޭނީ އުމުރުން 30-70 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ.

އެސްއެމްއީ ޑިޖިޓަލް އަކީ ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް ގެ ސަބްސިޑަރީއެެއްގެ ގޮތުގައި ކުރިން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ނަމުގައި ކުންފުންޏެވެ. އެ ކުންފުނި ރީބްރޭންޑްކުރީ ގައުމީ ބޭންކް ޑިޖިޓަލައިޒް ކުރުމަށް ފަހު އެވެ.