މި އަހަރު ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވަން ނިންމި ރާއްޖެ ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ އެ މުބާރާތް އޮޮންނާނީ އަންނަ މަހުގެ 14-30 އަށް ކަމަށެވެ.
އެހެންވެ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ސްކޫލްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 7 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު މީގެ ކުރިން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ސްކޫލްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން ބޭނުންވާ އުމުރުފުރާ ބަޔާންކޮށް މުބާރާތާ ބެހޭ ކަންކަމާ ގުޅޭ މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅައި އެކަން ލިޔުމަކުން ހުށަހަޅަން ޖެހެ އެވެ.
ރާއްޖެ ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ދެ ކެޓަގަރީއަަކަށް ބާއްވާ އިރު، މުބާރާތް އޮންނާނީ ދެ ޖިންސުގެ ހަތަރު އުމުރުފުރައަކަށެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު 7778722 ލިބޭނެ އެވެ.