ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެދި ކުޅިވަރު އެކުވެނި ރަސްމީކޮށް ހުޅުވައިފި އެވެ.
ހިޔާ ފްލެޓް ސަރަހައްދުތަކުގައި ގާއިމުކުރި އެތަން ހުޅުވަން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ.
އެ ރަސްމިއްޔާތުގައި ހުޅުމާލޭގައި ހަރަކާތްތެރިވާ އެކި ސްޕޯޓްސް އެކަޑަމީތަކުން ވެސް ބައިވެރިވި އެވެ.
އަލަށް ހުޅުވި ކުޅިވަރު އެކުވެނީގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި ބަށި ކޯޓަކާއި ވޮލީ ކޯޓަކާއި ބާސްކެޓް ކޯޓެއްގެ އިތުރުން ހޭންޑްބޯލް އަދި ނެޓްބޯލް ކުޅުމަށް ހާއްސަ ކޯޓުތައް ހިމެނެ އެވެ.
އެޗްޑީސީން ބުނީ މިފަދަ ވަސީލަތްތަކުގެ ސަބަބުން ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް ވެސް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.