Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ހުޅުމާލޭ ފޭސް 1 ގެ ފްލެޓްތަކާ އެޗްޑީސީން ހަވާލުވެއްޖެ

ހުޅުމާލޭ ފޭސް 1 ގައި ހުންނަ ފްލެޓްތައް ބެލެހެއްޓުމާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުވެއްޖެ އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ހައުސިން މިނިސްޓްރީއާ އެކު ސޮއިކުރީ މި މަހުގެ 24 ގައި ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ގާއިމްކޮށްފައިވާ 704 ފްލެޓް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ދެން ކުރާނީ އެޗްޑީސީންނެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި 704 ފްލެޓް ހުރެ އެވެ. ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކާއި ވިނަރެސް ފްލެޓްތަކަކީ ވެސް އެޗްޑީސީން ބަލަހައްޓާ ތަންތަނެވެ.