މިއި މެދު އިރުމަތީގައި މިހާރު އިރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާ އިން ކުރަމުންދާ ހަނގުރާމައިގައި ޢަރަބި ގައުމުތައް އެޤާއިދެއްގެ ފަހަތްޕުޅަށް އެރި ވަރުގަދަ ކޮމާންޑަރު އަލްޣާޒީ ދޮނާލްދު ތްރާމްބު ހަނގުރާމަ ކުރިޔަށް ދާ ގޮތާއި ބެހޭ ގޮތުން ދެއްވާފައިވާ ބަސްދީ ގަތުންތަކުގެ ޚުލާޞާ މީހަކު ނަކަލު ކޮށްފައިވާ ގޮތެވެ.
ތިރީގައި އެ ވަނީ ހަނގުރާމަ ހިނގާ ގޮތުގެ ޚުލާޞާ އެވެ.
● ފެބްރުއަރީ 28: "އަހަރެމެން މި ފަށަނީ ވަރުގަދަ ނިންމުންތަކެއް ނިންމާނެ އޮޕަރޭޝަނެއް؛ މިއީ ވަރަށް އަވަސް ކަމަކަށް ވާނެ."
● މާޗް 2: "އަހަރެމެން ވަރަށް ފަސޭހައިން ކާމިޔާބު ހޯދާނަން."
● މާޗް 3: "އަހަރެމެން ހަނގުރާމަ ކާމިޔާބު ކޮށްފިން."
● މާޗް 7: "މިކަން ނިމިއްޖެ. އަހަރެމެން އީރާން ބަލިކޮށްފިން."
● މާޗް 9: "އަހަރެމެން އެބަ ޖެހޭ އީރާނަށް ޙަމަލާދޭން." …"ހަނގުރާމަ މިދަނީ ގާތްގަނޑަކަށް މުޅިން ނިމުމަކަށް، ވަރަށް ބަރާބަރަށް އެބަ ކުރިޔަށް ދޭ."
● މާޗް 12: "އަހަރެމެން މޮޅުވެއްޖެ، އެކަމަކު އަދި މުޅިއަކުން ކާމިޔާބެއް ނުވޭ."
● މާޗް 13: "އަހަރެމެން ހަނގުރާމަ ކާމިޔާބުކޮށްފިން."
● މާޗް 14: "ބަލަގަ އަހަރެމެންނަށް އެހީތެރިވެދީބަ."
● މާޗް 15: "ކަލޭމެން އަހަރެމެންނަށް އެހީ ނުވެއްޖެނަމަ، އަހަރެން ޔަގީނުންވެސް އެކަން ހަނދާން ބަހައްޓާނަން."
● މާޗް 16: "ޙަގީގަތުގައި އަހަރެމެން އެއްވެސް އެހީއަކަށް ބޭނުމެއް ނުވޭ. އެއީ ހަމަ އަހަރެން ދައްކާ ވާހަކަ އަޑުއަހަނީ ކާކުތޯ ބަލަން ކުރި ޓެސްޓެއް." "ނޭޓޯ (NATO) އިން އަހަރެމެންނަށް އެހީ ނުވެއްޖެނަމަ، އެމީހުންނަށް ވަރަށް ގޯސް ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ."
● މާޗް 17: "އަހަރެމެން ނޭޓޯގެ އެހީއަކަށް ބޭނުމެއްވެސް ނޫން، ނޭޓޯއިން ވަކިވުމަކަށް ކޮންގްރެސްގެ ހުއްދައެއްވެސަ އަހަރެން ބޭނުމެއް ނުވޭ."
● މާޗް 18: " ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމުގައި އަހަރެމެންގެ ބައިވެރިން އެހީ ދޭންޖެހޭނެ."
● މާޗް 19: "އަހަރެމެންގެ ބައިވެރިން އެބަ ހޭލަން ޖެހޭ – ބަލަގަ ކުރިއަށް ނިކުމެ ހުރުމުޒް ކަނޑުއޮޅި ހުޅުވަން އެހީވެދީބަ."
● މާޗް 20: "ނޭޓޯއަކީ ފިނޑިން. އަހަރެމެން މިކަން ނިންމާލަން މި ހިފަނީ."
● މާޗް 21: "އަހަރެމެން އަމުދުން ތިޔަ ކަނޑުއޮޅިގަނޑެއް ބޭނުމެއްވެސް ނުކުރަން، އެ ހުޅުވާކަށް ބޭނުމެއްވެސް ނޫން."
● މާޗް 22: "މިއީ އެންމެ ފަހު ފަހަރު. އަހަރެން އީރާނަށް މިދެނީ 48 ގަޑިއިރު. 48 ގަޑި އިރު ތެރޭ ނުހުޅުވައިފި ނަމަ ހަދާގޮތް ދައްކާލާނަން." "އީރާން އެއްކޮށް ހަލާކުކޮށްލައިފިން."
● މާޗް 23: "އަހަރެމެން އެމީހުންނަށް އިތުރު ވަގުތު ދީފިން."
● މާޗް 24: "ހަނގުރާމަ މިއޮތީ ގާތްގަނޑަކަށް ނިމިފައި."
● މާޗް 25: "އަހަރެމެން އަދިވެސް މިދަނީ މަޝްވަރާ ކުރަމުން."
● މާޗް 26: "އީރާނުން ދަނީ ސުލްހައަށް އާދޭސްކުރަމުން." … "އެމީހުން އަހަރެންނަށް ހަދިޔާއެއްވެސް ދީފި. އެމީހުން ބުނެފި އަހަރެން ކާރީ ކަލޭ އަހަރެމެންގެ އައު ސްޕްރީމް ލީޑަރަށް ވެދޭށޭ. އަހަރެން ބުނެފިން އަމުދަކުން ނޫޅެމޭ." "އަހަރެމެން ފިޔަވަޅު އެޅުން ފަސްކުރާނަން." "އަހަރެމެން އެމީހުންނަށް އިތުރު ވަގުތު ދޭނަން."
● އެންމެ ފަހުން މިއަދު، 28 މާޗް: "މި ނޭޓޯ އަކީ ހަމަ ފިނޑިންތަކެއް، ހަމަ ކަރުދާސް މިނިކާވަގެއް."
ޢަރަބި ޤައުމު ތައް ތިބީ އެމީހުންގެ ދެގޮތެއް ނުވާ މި އަމީރުގެ ފަހަތްޕުޅުގައި ވަރުގަދަޔަށް ސާބިތު ވެގެންނެވެ.
ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުކެވެ.