Last Updated: June 4, 20:19
Thursday, June 4, 2026
ޚަބަރު

މާރަންދޫ ސިއްހީ މަރުކަޒަށް ލެބްގެ ހިދުމަތް

ހއ. މާރަންދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި އެވެ.

އެތަ ހިދުމަތް އެތަނުގައި މިއަދު މި ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމެވެ.

މާރަންދޫގައި ލެބްގެ ހިދުމަތް ފެށިގެން ދިއުމާ އެކު މިއީ މި ސަރުކާރުން ލެބް ނެތް ރަށްރަށުގައި އެ ހިދުމަތް ތައާރަފު ކުރަން ފެށި މަޝްރޫގެ ދަށުން ހިދުމަތް އަލަށް ދޭން ފެށި 14 ރަށެވެ. ލެބްގެ ޚިދުމަތް ނެތް 76 ރަށެއްގައި އެ ޚިދުމަތް މި އަހަރުގެ ތެރޭގައި ދޭން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.

މާރަންދޫގެ ސިއްޙީ މަރުކަޒަކީ މިހާރު 16 ގަޑިއިރަށް ހިދުމަތް ދެމުން އަންނަ ތަނެކެވެ. އެތަނުގައި 3 އެނދުގެ ވޯޑެއް ހިމެނޭއިރު ރަށަށުގައި ސިއްޙީ މަރުކަޒުގެ އާ އިމާރާތެއް އަޅަން ވެސް ނިންމާފައިވެ އެވެ.