Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޕާކިން އިމާރާތްތަކެއް އަޅަން ތައްޔާރު ވަނީ

މާލެ ސަރަހައްދުގައި ޕާކިން އިމާރާތްތަކެއް އެޅުމަށް ތައްޔާރުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޕާކިން ހަތް އިމާރާތެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

މި ގޮތުން އިމާރާތްކުރާ ޕާކިން އިމާރާތްތަކުގައި ހަތަރު ފުރޮޅުލީ 2،600 އުޅަނދު އަދި 1،000 ސައިކަލު ޕާކް ކުރެވޭނެ ކަމަށް އަމީން ވިދާޅުވި އެވެ.

މިއީ ޕާކިން މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.