Last Updated: June 4, 20:19
Thursday, June 4, 2026
ޚަބަރު

ކުޅުދުއްފުށީ އާ ޑައިލިސިސް ސެންޓަރު ހުޅުވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާ ޑައިލިސިސް ސެންޓަރު ހުޅުވައިފި އެވެ.

އެތަން މިއަދު ހުޅުވައި ދެއްވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ޕީއެންސީގެ ކެމްޕޭން ހަރަކާތްތަކަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން ކުޅުދުއްފުއްޓަށް ވަށައިެގންނެވެ.

އެ ސިޓީގެ ރީޖަނަލް ހޮސްޕިޓަލްގެ އާ ޑައިލިސިސް ސެންޓަރު ހުޅުވަން ބޭއްވުު ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމާއި އެ މިނިސްޓްރީގެ އިސް ވެރިންނާއި ކުޅުދުއްފުށީ ހޮސްޕިޓަލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ޑައިލިސިސް ސެންޓަރު ހުޅުވައި ދެއްވުމަށް ފަހު ސާޖިދާ ވަނީ އެތަން ބައްލަވާލައްވާފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން 2013ގައި ހަތަރު އެނދާއެކު ހުޅުވުނު ޑައިލިސިސް ޔުނިޓު މިހާރު ނުވަ އެނދުގެ ޑައިލިސިސް ސެންޓަރަކަށް ބަދަލުވެ މިޚިދުމަތް މިވަނީ ފުޅާވެ ތަރައްޤީވެފައެވެ. މި ޑައިލިސިސް ސެންޓަރުގެ ޚިދުމަތާއެކު ޚާއްސަ އައިސޮލޭޝަން އެނދަކާއި އައިސީޔޫގައި ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށް ދެވޭނެ އެވެ.

މި ސަރުކާރުން ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ 10 ރަށެއްގައި ވެސް އަލަށް ޑައިލިސިސް ޚިދުމަތް ފަށާފައިވެ އެވެ.