މި ދުވަސްވަރަކީ ވަރަށް ހޫނު ދުވަސްވަރަކަށްވާތީ ސްކޫލުތަކަށް ދަރިވަރުބް އެކްޓިވިޓީ ޔުނީފޯމުގައި ގެންދަން އަންގައިފި އެވެ.
ބައެއް ސްކޫލުތަކުން ދަރިވަރުންނަށް އިއްޔެ އަންގާފައި ވަނީ ސްކޫލަށް ހާޒިރުވާއިރު ރަސްމީ ޔުނީފޯމުގެ ބަދަލުގައި، އެކްޓިވިޓީ ޔުނީފޯމުގައި ދިއުން މައްސަލައެއް ނޫން ކަމަށެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނެފައިވާ ގޮތުގައި މި މަހުގެ އިތުރުން އަންނަ މަހަކީ ރާއްޖެ އަށް ހޫނު ގަދަ ދުވަސްތަކެކެވެ. އަދި
މި ދުވަސްވަރު މާ ބޮޑަށް ހޫނު ގަދަވަނީ ވާރޭވެހުން ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުންކަން ކަމަށް ވެސް އެތަނުން ބުންޏެވެ.