ހުޅުމާލޭގައި 1،100 އަށް ވުރެ ގިނަ ވެހިކަލް ޕާކު ކުރެވޭ، ޕާކިން ބިލްޑިންގެ ބިންގާ އަޅައިފި އެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަޑައިގަތެވެ.
ބޭސްމަންޓް ހިމެނޭ ގޮތަށް ހަދާ 13 ބުރީގެ އިމާރާތް ހަދަނީ ހުޅުމާލޭ ފޭސް ގަ އެވެ. މި ޕާކިން ބިލްޑިންގުގައި ދެ ފުރޮޅު އަދި ހަތަރު ފުރޮޅުލީ ވެހިކަލް ކުރެވޭނެ އެވެ. އެގޮތުން ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް ހާއްސަ 600 އަށް ވުރެ ގިނަ ޖާގަ އާއި 500 އަށް ވުރެ ގިނަ ސަރިކަލު ޕާކު ކުރެވޭނެ ޖާގަ ހިމެނޭނެ އެވެ.
އެތަނޔގައި ވެހިކަލްތަކަށް ބޭނުންވާ ޚިދުމަތްތައް ލިބޭނެ އަދި ވިޔަފާރި އައުޓްލެޓްތަކާއި އިލެކްޓްރިކް އުޅަނދު ޗާޖިން ފެސިލިޓީއަކާއި ކުޅިވަރު ފެސިލިޓީތަކެއްވެސް ހިމެނޭނެ އެވެ.
މާލެ ސަރަޙައްދުގައި 7 ޕާކިން ބިލްޑިން އެޅުމަށް ނިންމާފައިުވެ އެވެ.