Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ބީއެމްއެލްގެ އެންމެ ހިދުމަތްތެރިންގެ އަގުވަޒަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.

ގައުމީ ބޭންކުން ރޭ ބޭއްވި ސްޓާފް ނައިޓުގައި "އެމްޕްލޯއީ އޮފް ދަ އިޔާ" އެވޯޑް މިއަހަރު ހާސިލުކުރީ ހެޑް އޮފް ބިޒްނަސް ސިސްޓަމްސް (ޓެކްނޮލޮޖީ ޑިވިޝަން) މިސްބާހް އަބްދުއްރަޝީދެވެ.

"ލީޑަޝިޕް އެކްސެލެންސް އެވޯޑް" ހާސިލުކުރީ: ހެޑް އޮފް ޕްރޮޕަޓީ (ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޝަން) ޔުޒްނާ ނަސީމެވެ.

ރޭގެ ހަފުލާގައި ބޭންކުގެ ކުރިއެރުމަށާއި ދިގު މުއްދަތުގެ ކާމިޔާބީތަކަށް މުހިންމު ހިއްސާއެއް ވެދީފައިވާ ފަސް މުވައްޒަފަކަށް 'ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް' ދީފައިވެ އެވެ.

އެ އެވޯޑު ހާސިލުކުރި މުވައްޒަފުންނަކީ:

* މޫސާ މުންސިފް އަހުމަދު، ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް
* ހުޝާމް ސައީދު، ޑިރެކްޓަ އޮފް ޓެކްނޮލޮޖީ
* ރަޝްފާ ޖައުފަރު، ޗީފް ކްރެޑިޓް އޮފިސަރު
* ހަސަން ޝާމް، ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު
* އަދުލީ އަހުމަދު ދީދީ، ޗީފް އިންފޮމޭޝަން އޮފިސަރު

ބީއެމްއެލްގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައްތެރިންނަށް 38 އެވޯޑެއް ދީފައިވެ އެވެ.

ބީއެމްއެލްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުގެ ކާމިޔާބީގެ ސިއްރަކީ މުވައްޒަފުން ކަމަށާއި މިދިޔަ އަހަރަކީ އެ ބޭންކުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އަހަރު ކަމަށެވެ.