Last Updated: June 5, 17:28
Friday, June 5, 2026
ޚަބަރު

އައްޑޫގައި އަނެއްކާ ވެސް ވާ މަރަނީ

އައްޑޫގައި އަނެއްކާ ވެސް ވާލު މަދު ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

ކައުންސިލުން ބުނީ ވާލު ގިނަ ވެފައިވާތީ އެމްއެންޑީއެފާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ވާލު މަދު ކުރުމުގެ ޕްރޮގްރާމް މިއަދު ފަށާނެ އެވެ.

އެގޮތުން މިއަދު ހަވީރުން ފެށިގެން ހިތަދޫގައި ވާލު މަދު ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެ އެވެ. މިކަން ހަވީރު 4:00 ގައި ކުރިއަށް ގެންދާނީ ހިތަދޫ ޕޮލިސް ސްޓޭޝަން ސަރަހައްދު ގަ އެވެ.

އައްޑޫގައި ވާލު ގިނަވެ އެކަމުގެ ސަބަބުން އުނދަގޫވާތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް އެކި އަވަށްތަކުގައި ސިފައިން ބަޑި ޖަހައިގެން ވާ މަރާފައިވެ އެވެ.