އދ. ކުނބުރުދޫ އާއި އދ. މަހިބަދޫގައި ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީއާ މިއަދު ހަވާލުކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ޢަލީ ޒުހައިރެވެ.
ކުނބުރުދޫގެ ހައުސިން ޔުނިޓްތައް އެޅުމަށް ދީފައިވަނީ، 480 ދުވަހުގެ މުއްދަތެކެވެ. މިއެއްބަސްވުމުގެ ދަށުން ކުނބުރުދޫގައި 3 ކޮޓަރީގެ 25 ހައުސިން ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މަހިބަދޫގެ ހައުސިން ޔުނިޓްތައް ނިންމުމަށް ދީފައިވަނީ، 540 ދުވަހެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގައި 100 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފަ އެވެ.