ލ. ގަމުގައި ފުލުހުންނަށް ހާއްސަ އެކޮމޮޑޭޝަން އިމަރާތެއް ރަސްމީކޮށް ހުޅުވައިފި އެވެ.
މިއީ އަތޮޅުތެރޭގެ ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމާއި، ފުލުހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު މަޝްރޫއެކެވެ.
ގަމުގައި ފުލުހުންނަށް ހާއްސަކޮށްގެން ހެދި އެކޮމޮޑޭޝަން އިމާރާތް އިއްޔެ ހުޅުއްވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.
ހަތަރު ބުރިއަށް އިމާރާތް ކުރެވިފައިވާ 50 މީހުންގެ ޖާގައިގެ އިމާރާތުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.