Last Updated: June 5, 10:59
Friday, June 5, 2026
މުނިފޫހިފިލުވުން

ސޯނަމަށް މި ފަހަރު ވެސް ފިރިހެން ކުއްޖެއް

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރަށް އަނެއްކާ ވެސް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

އޭނަ އިއްޔެ ވިހޭކަން އިއުލާންކޮށް ސޯޝަލް މީޑިއާގައި ބުނީ އާއިލާ އަށް އިތުރު އާ މެންބަރާ އެކު ވަރަށް ބޮޑު އުފާވެރި ކަމެއް ލިބިފައިވާ ކަމަށެވެ. ސޯނަމަށް ދެވަނަ ދަރިޔަކު ލިބުނު އިރު، އޭނަގެ ފުރަތަމަ ދަރިފުޅު ވަޔޫ ކަޕޫރް އަހޫޖާ އަށް މި އަހަރުގެ އޮގަސްޓް މަހު ހަތަރު އަހަރު ފުރޭނެ އެވެ.

ސޯނަމާއި ވިޔަފާވެރިޔާ އާނަންދު އަހޫޖާ ކައިވެނިކުރީ 2017 ގަ އެވެ. ސޯނަމަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.

މިހާރު އުމުރުން 40 އަހަރުގެ ބަތަލާ ބޮލީވުޑަށް ތައާރަފުވީ ރަންބީރް ކަޕޫރާ އެކު، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 2007 ގެ ސާވަރިއާ އިންނެވެ.