ކ. ގުރައިދޫގައި އިންޑޯ ޖިމެއް ހުޅުވައިފި އެވެ.
އެތަން އިއްޔެ ހުޅުއްވައްި ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
ގުރައިދޫ އިިންޑޯ ޖިމަކީ މިނިސްޓްރީ އާއި ގުރައިދޫ ކައުންސިލާ ގުޅިގެން ގާއިމުކުރި ތަނެކެވެ. މި ތަނުގެ ސަބަބުން އެރަށުގެ ރައްޔިތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ގުރައިދޫ އިންޑީ ޖިމަކީ ޒަމާނީ ވަސީލަތްތަކާ އެކު، ދެ ޖިންސްގެ މީހުންނަށް ވެސް ކަސްރަތު ކުރެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ.