Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

ހެރީ ޕޮޓާ ސީރީޒްގެ ޓީޒާ ދައްކާލައިފި

އިނގިރޭސި ލިޔުންތެރިޔާ ޖޭކޭ ރޯލިންގެ މަޝްހޫރު ވާހަކަ ސިލްސިލާ އަށް "ހެރީ ޕޮޓާ" އަށް ބިނާކޮށް އެޗްބީއޯ މެކްސް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ސީރީޒްގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

މި އަހަރުގެ ޑިސެންބަރު މަހުގެ 25 ގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ ސީރީޒްގެ ނަމަކީ "ހެރީ ޕޮޓާ އެންޑް ދަ ފިލޯސަފާސް ސްޓޯން" އެވެ. މި ސީރީޒްގައި ހެރީ ޕޮޓާގެ ރޯލުން ފެންނާނީ ޑޮމިނިކް މެކްލޯލިން އެވެ.

މުޅިން ތަފާތު އާ ކާސްޓުންނާ އެކު ގެނެސްދޭން ހަމަޖެހިފައުވާ ސީރީޒްގެ މޭސްތިރިއަކީ ފްރާންސެސްކާ ގާޑިނާ އެވެ. އަދި ސީރީޒްގެ ޑައިރެކްޓަރަކީ މާކް މިލޮޑެވެ.

ކުރީގެ ހެރީ ޕޮޓާ ފިލްމު ސީީރީޒަކީ ޑެނިއަލް ރެޑްކްލިފގާ އެކު ގެނެސްދިން ވަރަށް ކާމިޔާބު އެއްޗެކެވެ. އެގޮތުން "ހެރީ ޕޮޓާ" 8 ބަޔަކަށް ގެނެސްދިނީ 2001-2011 އަށެވެ. އެ ފިލްމުތަކަށް އާމްދަނީގެ ގޮތުގައި 7.7 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

"ހެރީ ޕޮޓާ އެންޑް ދަ ފިލޯސަފާސް ސްޓޯން" އެޗްބީއޯ އިން ގެނެސްދޭން ނިންމާފައި ވަނީ 8 އެޕިސޯޑް އެކުލެވޭ ގޮތަށެވެ. މިއީ އަދި މި ސީރީޒްގެ ފެށުމެވެ. ކުރިއަށް އިތުރު ސީޒަންތަކެއް އަންނާނެ އެވެ.