Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އޭއީއެޗްގެ ސީއީއޯއަކަށް އަދީލް

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯގެ މަގާމުން ޑރ. އިބްރާހިމް ޔާސިރު ވަކިކޮށް، އެ މަގާމަށް ޑރ. އަދީލް ނަސީރު ހަމަހައްސައިފި އެވެ.

އަދީލް އެންމެ ފަހުން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. އައްޑޫ ހިތަދު އަށް ނިސްބަތްވާ އަދީލަކީ ޕީއެންސީގެ ޓިކެޓްގައި އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވަން ކުރިން ނިންމެވުމަށް ފަހު، އެންމެ ފަހު ވަގުތު ނަން އަނބުރާ ގެންދެވި ބޭފުޅެކެވެ. ކުރިން ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަދީލަކީ 2023 ގެ ރިޔާސީ އިންބާގައި މޯލްޑިވްސް ނެޝަނަލް ޕާޓީ އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި ކާނަލް މުހައްމަދު ނާޒިމްގެ ރަނިންމޭޓެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާ އަށް ވެސް އަމިއްލަ ގޮތުން އަދީލް ވާދަކޮށްފައިވެ އެވެ.

އަދީލް އޭއީއެޗްގެ ސީއީއޯގެ މަގާމަށް އައްޔަންކުރި އިރު، އަތޮޅު ތެރޭގެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް ކަމަށްވާ އޭއީއެޗްގެ ސީއީއޯގެ މަގާމަށް ޔާސިރު އައްޔަންކުރީ މާޗް 4، 2024 ގަ އެވެ.

މާލެ އަށް ނިސްބަތްވާ ޔާސިރު އެ މަގާމަށް އައްޔަންކުރީ އެ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް އެންމެ ފުރަތަމަ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ގައި އައްޔަންކުރި އައްޑު އަށް ނިސްބަތްވާ ޑރ. މުހައްމަދު ސޯލިހު 2023 ގެ ނޮވެމްބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.