ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މާދަމާ ލ. އަތޮޅަށް ފަށަން ނިންމައިފި އެވެ.
އެމްޓީސީސީން ބުނީ އެކަމަށްޓަކައި މާދަމާ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާނެ ކަމަށެވެ.
ލ. އަތޮޅުގައި ފެރީހެ ހިދުމަތް ފެށުމުގެ ތައްޔާރީތަކުގެ ދަށުން އެމްޓީސީސީން ވަނީ ހޭލުންތެރި ކުރުވުމުގެ ގޮތުން އެ އަތޮޅު ދަނބިދު އާއި މާބައިދޫގައި ޚާއްސަ ސެޝަންތަކެއް ވެސް ބާއްވައިފަ އެވެ.
އެންމެ ފަހުން އާރްޓީއެލް ފެެރީގެ ހިދުމަތް ފެށީ ފ އާއި ދ. އަތޮޅުގަ އެެވެ. އެއީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ދެހާސް ބާވީހުގައި ތައާރަފުކުރި އާރްޓީއެލް ފެރީގެ ހިދުމަތް މިހާތަނަށް 14 އަތޮޅެއްގެ 133 ރަށެއްގައި އަންނަނީ ދެމުންނެވެ.