Last Updated: June 6, 21:54
Saturday, June 6, 2026
ޚަބަރު

ކެނަބިސް ޓްރެފިކް ކުރި މީހަކު 12 އަހަރަށް ޖަލަށް

ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމަށާއި 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި މިމަހުގެ 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ކުމްކޮށްފައި ވަނީ ދަފްތަރު. ނަންބަރު ދރ 2069 / މާލެ، ޙަމްދޫން އަޙްމަދު (31އ) ގެ މައްޗަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރިކުރި މައްސަލައެއްގައި ފެބްރުއަރީ 7، 2024 ވަނަ ދުވަހު އެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ޙަމްދޫން އަޙްމަދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުނީ އެޕްރީލް 17، 2024 ވަނަ ދުވަހު އެވެ.