ޤަޠަރު އެއާވޭސްއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް އަލުން ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެ އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެންނެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނިގޮތުގައި، އެ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ރަސްމީކޮށް ފަށާނީ އަންނަ މަހުގެ 8 ވަނަ ދުވަހު އެވެ. އަދި ކޮންމެ ހަފުތާއަކު 5 ދަތުރު ކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ.
ގަތަރު އެއާވޭސް އަކީ މުހިއްމު މަންޒިލުތަކަކުން ރާއްޖެއަށް ފަތުރުވެރިން އުފުލާ އެއާލައިނެކެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ރާއްޖެ އަންނަ ފްލައިޓުތައް އިތުރުވެ، ފަސިންޖަރުންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.