Last Updated: June 4, 20:19
Thursday, June 4, 2026
ޚަބަރު

ސައުދިއާ ރާއްޖެ އަށް އުދުހޭތާ 10 އަހަރު

ސައުދީ އަރަބިއާގެ ގައުމީ އެއާލައިން، ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފި އެވެ.

އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ މާޗް 30، 2016 ގަ އެވެ. އެ ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ރާއްޖެ އައި ސައުދިއާގެ ފްލައިޓްގެ ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައި ހަދިޔާ ވެސް ދީފަ އެވެ.

ސައުދިއާ އިން ރާއްޖެއަށް ފާއިތުވި 10 އަހަރު ދަތުރުކޮށްފައިވާ އިރު މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި ސައުދީ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެފަިއވެ އެވެ.

މިދިޔަ މަހުގެ ނިޔަލަށް ސައުދީން ރާއްޖެއަށް 3،546 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.