Last Updated: June 5, 06:06
Friday, June 5, 2026
ދުނިޔެ

އިޒުރޭލުން ފޭރުނު ސަރަޙައްދުތައް އަލުން ހިފައިފި

އިޒުރޭލުން ފޭރުނު ސަރަޙައްދުތައް އަލުން ހިފައިފި، ތާރީހު ބަދަލުކޮށްލައިފި އެވެ.

ލުބުނާނުގެ އަތުން ގެއްލިފައިވާ ސަރަޙައްދުތަކުގެ ކޮންޓްރޯލް، ލުބުނާނުން އަލުން މި ވަނީ ހޯދައިފަ އެވެ. ހިޒުބުالله ގެ ރިޒުވާން ބްރިގޭޑުން ވަނީ އިޒުރޭލުގެ 28 ސިފައިން އަތުލައި ގަނެ، އެ މީހުން އަސީރު ވެސް ކޮށްފައެވެ. އެ ޖަމާއަތުން ވަނީ އިޒުރޭލުން ހިފާފައިވާ ފަލަސްޠީނުގެ އުތުރުގެ ސަރަޙައްދުގެ ވަރަށް އެތެރެއަށް ވަދެފަ އެވެ. އަދި ގެލީލީ ސަރަޙައްދުގައި ހުރި އިޒުރޭލުގެ ތިރީހަށް ވުރެ ގިނަ އައުޓްޕޯސްޓްތައްވެސް ޙިޒުބުالله އިން ވަނީ ހިފައިފަ އެވެ.

ޙިޒުބު الله އިން ޑްރޯނާއި، މިސައިލުން ޙަމަލާތައް ދީފައި ވަނީ ފަލަސްޠީނުގެ އުތުރުން ގެލިލީ ސަރަޙައްދާއި، ގޯލާން ހައިޓްސް އާއި، އަދި ސަފާދު އާއި، ނަހަރިޔާ އާއި އަދި ކިރިޔަތު ޝްމޯނާ ސަހަރުތަކަށެވެ.

އެ ޖަމާއަތުގެ ޙަމަލާތައް އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ ސަރަޙައްދީ އިމުގެ ކައިރީގައި ހުންނަ އަސްކަރީ މަރުކަޒުތަކަށާއި، އަވަށްތަކަށެވެ. އަދި އެ ޙަމަލާތަކުގެ ސަބަބުން، އެ ސަރަޙައްދުތަކުގެ ގިނަ ބަޔަކު މަރުވެ، އަދި އެތައް ބަޔަކަށް އަނިޔާވެ، ގިނަ ބަޔަކު ވަނީ ގޯތި ގެދޮރު ދޫކޮށް ގޮސްފަ އެވެ.

ނޯޓް: މިއީ ހަސަން ލަތީފުގެ ލިޔުއްވުމެކެވެ.