ތިނަދޫގައި މޯލްޑިވް ގޭސް އިން ގާއިމުކުރާ 1،500 މެޓްރިކް ޓަނުގެ ސްޓޯރޭޖާއި ޑިސްބިއުޝަން ސެންޓަރުގެ މަސައްކަތް އަލުން ފަށައިފި އެވެ.
މިއީ ދެކުނުގެ އަތޮޅުތަކަށް ދަތިކަމެއް ނެތި ގޭސް ފޯރުކޮށް ދިނުމަށާއި، ގޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 2016 ގައި ފެށި މަޝްރޫއެކެވެ.
މޯލްޑިވް ގޭހުން ބުނީ އެ މަޝްރޫޢުގެ މަސައްކަތް ހުއްޓުނު އިރު، 75 ޕަސެންޓް ނިމިފައިވާ ކަމަށާއި ބާކީ ހުރި 25 ޕަސެންޓް މަސައްކަތްތައް ވަރަށް އަވަހަށް ނިންމަން އަމާޒު ހިފާފައިވާ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 15 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމަން ޕްލޭންކޮށްފައިވާ ކަމަށް ބުންޏެވެ.
މި މަޝްރޫޢު ކުރިން މެދުކެނޑުނީ ތިނަދޫގެ ބިމަށް އައި ބަދަލުތަކާ ގުޅިގެން ފަންނީ ގޮތުން ގެންނަން ޖެހުނު ބޮޑެތި ބަދަލުތަކެއްގެ ސަބަބުން ކަމަށް މޯލްޑިވް ގޭހުން ބުންޏެވެ. އޭގެ ތެރޭގައި ސައިޓާ އިންވެގެން އޮތް ބިން ހިއްކުމާ ގުޅިގެން، އައު ޑިޒައިނެއްގެ ދަށުން 450 މީޓަރުގެ ދިގު ޕައިޕްލައިނެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
މިހާރު މަސައްކަތް އަލުން ފަށާފައިވާތީ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ މުޙައްމަދު ވަނީ ތިނަދު އަށް ޒިޔާރަތް ވެސް ކުރައްވައި މަސައްކަތް ބައްލަވާލައްވައިފަ އެވެ. ކުރައްވާފައެވެ. އެ ދަތުރުގައި ތިނަދޫ ސިޓީ ކައުންސިލާއި ފެނަކަ ބްރާންޗާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ބައްދަލުކޮށް މަސައްކަތް އަވަަސް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.