Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

'ކިންގް' ދުބާއީގައި ޝޫޓް ނުކުރަން ނިންމައިފި

ދުބާއީގައި ނަގަން ޕްލޭންކޮށްފައި އޮތް ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު 'ކިންގް' ގެ މަންޒަރުތައް ކެންސަލްކޮށްފި އެވެ.

މީޑިއާތަކުން ބުނީ ސިދާތު އާނަންދު ޑައިރެކްޓްކުރާ އެކްޝަން ތުރިލާގައި ހިމެނޭ ހާއްސަ އެކްޝަން މަންޒަރުތަކެއް ނަގަން ޕްލޭންކޮށްފައި އޮތީ ދުބާއީގެ ސަހަރާތަކުގެ ސަރަހައްދުތަކެއްގައި ކަމަށެވެ. އެ މަންޒަރުތަކުގައި ފިލްމުގެ ކާސްޓުންގެ ތެރެއިން ޝާހްރުކާއި ކިންގްގެ ރޯލެއް ކުޅޭ އޭނަގެ ދަރިފުޅު ސުހާނާ ޚާންގެ އިތުރުން އަނިލް ކަޕޫރް ވެސް ބައިވެރިވާން ޖެހެ އެވެ.

ނަމަވެސް މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޔޫއީއޭގެ ހާލަތު އޮތް ގޮތުން، ފިލްމުގެ ކާސްޓާއި ކްރޫގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ގައުމުގެ ޝެޑިއުލް ކެންސަލްކުރީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެހެންވެ ދުބާއީގައި ނަގަން ރޭވި މަންޒަރުތައް މިހާރު ޝޫޓްކުރަން ހަމަޖެހިިފައި ވަނީ އެކަމަށް ހާއްސަ ސެޓް ހަދައިގެން މުމްބާއީގަ އެވެ.

'ކިންގް' އަކީ މި އަހަރުގެ ޑިސެންބަރު 24 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމެކެވެ. މީގެ ކާސްޓްގައި ދީޕިކާ ޕަދްކޯން، އަބީޝެކް ބައްޗަން، ރާނީ މުކަރްޖީ، އަރުޝަދު ވަރްސީ، ޖެކީ ޝްރޮފް، ސޯރަބް ޝުކްލާ، ރާގަވް ޖުޔަލް، ޖައިދީޕް އަހުލުވާތު، އަކްޝޭ އޮބެރޯއީ އަދި ކަރަންވީރު މަލްއުތުރާ ހިމެނެ އެވެ.

'ކިންގް' ގެ ޑައިރެކްޓަރު ސިދާތަކީ ޝާހްރުކްގެ 2023 ގެ 'ޕަތާން' ވެސް ގެނެސްދިން ޑައިރެކްޓަރެވެ.