ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލެއްގައި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ހުޅުމާލެ އިން ހައްޔަރުކޮށްފައި ވަނީ ޖާހިރު ހޮސައިން، 33، އާއި އާއި ސޮޖަން ސުލްތާން، 36، އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ހުޅުމާލެ ފޭސް 1 ގެ ކޮންޓެއިނާ ޖެޓީން މާލެއަށް ބަނގުރާ ގެންދާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި އިއްޔެ ކަމަށެވެ. އެ އޮޕަރޭޝަންގައި އެ މީހުން ހުއްޓުވައި ބަލައި ފާސްކުރި އިރު 28 ފުޅި ބަނގުރާ ފެނިފައިވެ އެވެ.
ފުލުނުން ބުނި ގޮތުގައި ދެ މީހުން ވެސް ޑީޕޯޓް ކުރަން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.