Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

އައްޑޫން އަތުލައިގަތް ސިނގިރޭޓާ ބެހޭ މަނީ ލޯންޑަރިންގެ މައްސަލައެއް

އައްޑޫ ސިޓީ ހިތަދޫ ޕޯޓުން އަތުލައިގަތް 1.84 މިލިއަނަށްވުރެ ގިނަ ސިނގިރޭޓްގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ތަހުގީގު ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އަންގައިފި އެވެ.

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމްސްއިން އަތުލައިގަނެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިން ކަމަށްވެސް ކަސްޓަމްސްއިން އޭރު މައުލޫމާތުދީފައިވެ އެވެ.

ޕީޖީ އޮފީހުން ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ވަނީ މި މައްސަލައިގައި މަނީ ލޯންޑަރިންގެ ކުށުގެ އަމަލުތަކެއް ހިމެނިދާނެ ކަމަށް ފެންނާތީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިޔުމަށް ކަސްޓަމްސް އަށް ލަފާދީފައިވާނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކަސްޓަމްސްއާ ގުޅިގެން ތަހުގީގުކޮށް ޕީޖީ އޮފީހަށް ހުށަހެޅުމަށް ސިޓީގައި ވަނީ އެދިފަ އެވެ.

ކަސްޓަމްސްއިން އޭރު ބުނެފައިވަނީ، މިތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެކަމަށް ބެލެވޭ ކަމަށެވެ.