Last Updated: August 5, 05:49
Tuesday, August 5, 2025
ޚަބަރު

ފޭދޫ ބަނދަރުމަތީގައި ހުރި އެމްޑީޕީ ސްޓޭޖް ރޫޅާލައިފި

ފޭދޫ ބަނދަރުގައި ހުންނަ ސްޓޭޖް ރޫޅާލަނީ: ފޮޓޯ: އީނާ

ފޭދޫ ބަނދަރު ސަރަހައްދުގައި އެމްޑީޕީން ހަދާފައިވާ ސްޓޭޖް މިއަދު އެމްއާރްޑީސީން ރޫޅާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ސްޓޭޖް ރޫޅާލާފައިވަނީ ފޭދޫ ބިން ހިއްކުމުގެ ރަސްމިއްޔާތު އެސަރަހައްދުގައި ބޭއްވުމަށެވެ.

ފޭދޫ ބަނދަރުގައި ހުންނަ ސްޓޭޖް ރޫޅާލަނީ: ފޮޓޯ: އީނާ
ފޭދޫ ބަނދަރުގައި ހުންނަ ސްޓޭޖް ރޫޅާލަނީ: ފޮޓޯ: އީނާ

އެމްޑީޕީގެ ފޭދޫ ދާއިރާގެ މެމްބަރުން ހަދާފައިވާ މި ސްޓޭޖްއަކީ އާއްމުކޮށް ފޭދޫގެ ހުރިހާ ރައްޔިތުންނަށް ބޭނުން ކުރެވޭނޭ ގޮތަށް ހަދާފައިވާ ތަނެކެވެ.

ފޭދޫ ބަނދަރުގައި ހުންނަ ސްޓޭޖް ރޫޅާލަނީ: ފޮޓޯ: އީނާ
ފޭދޫ ބަނދަރުގައި ހުންނަ ސްޓޭޖް ރޫޅާލަނީ: ފޮޓޯ: އީނާ

ބިން ހިއްކުމުގެ ރަސްމިއްޔާތު ބޭއްވުމަށްކަމަށް ބުނެ ސްޓޭޖް ނަގާފައިވާ އިރު ފޭދޫ ޕީޕީއެމް އޮފީސް ކުރިމަތީ އޮންނަ ފަސްގަޑަކީ މީގެ ކުރިން ސަރުކާތުގެ ގިނަ ރަސްމިއްޔާތު ބާއްވާ ސަރަހައްދެވެ.