Last Updated: June 5, 17:41
Friday, June 5, 2026
ޚަބަރު

ކޮންސްޓަބަލް ފުލުހުން ހޯދަނީ

ފުލުހުންގެ ވަޒީފާތަކަށް އިއުލާންކޮށްފި އެވެ.

ހޯދަން އިއުލާންކޮށްފައި ފުލުހުންގެ ކޮންސްޓަބަލްގެ މަގާމަށެވެ. އެ މަގާމަށް 15 މީހަކު ބޭނުންވާ އިރު، ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 8 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ކޮންސްޓަލުންގެ އަސާސީ މުސާރަ އަކީ މަހަކީ 8،990ރ. އެވެ. އަދި އެލަވަންސްގެ ގޮތުގައި 6،510ރ. ލިބޭނެ އެވެ.
މީގެ އިތުރުން ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެ މަތިން، އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތަކާއި ކެއުމާއި ބޭސްފަރުވާ ކުރުމުގެ ހަރަދުވެސް ލިބޭނެ އެވެ.

މަގާމުގެ ޝަރުތަކުގެ ތެރޭގައި އެސްއެސްސީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އޯ ލެވެލް އިމްތިހާނުން މަދުވެގެން މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލުކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއި 18-35 އަހަރާ ދެމެދުގެ މީހަކަށްވުން ހިމެނެ އެވެ.

މީގެ އިތުރުން ފިރިހެނަކު ނަމަ، އިސްކޮޅުގައި 5 ފޫޓް 3 އިންޗި އަދި އަންހެނަކު ނަމަ، އިސްކޮޅުން 5 ފޫޓް ހަމަވާން ޖެހެ އެވެ.