Last Updated: June 4, 20:19
Thursday, June 4, 2026
ޚަބަރު

މުޅި ރާއްޖޭގައި ފުލުހުންގެ ހާއްސަ ތަމްރީނެއް ފަށައިފި

ފުލުހުންގެ ހާއްސަ ތަމްރީނެއް މިއަދު މުޅި ރާއްޖޭގައި ފަށައިފި އެވެ.

ފުލުހުންގެ އިސާރާ އިން ބުނީ މާލެ އާއި އަތޮޅުތަކުގައި ކުރިއަށް ގެންދާ މި ހާއްސަ ތަމްރީނު ފެށީ ހެނދުނު 8:00 ގައ ކަމަށެވެ. އަދި މިކަން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް ބުންޏެވެ.

އެހެންވެ ތަމްރީނު ކުރިއަށް ގެންދާ ވަގުތުތަކުގައި މަގުމަތީގައި ފުލުހުންނާއި ފުލުހުންގެ ވެހިކަލްތަކުގެ ހަރަކާތްތައް އިތުރުވެ، ސަލާމަތީ ކަންކަމާ ގުޅޭ އެކި ތަމްރީނުތައް ކުރިއަށް ގެންދާނެ އެވެ. އަދި މިފަދަ ތަމްރީނުތައް ކުރިއަށް ގެން ދާއިރު އާންމުންގެ ފަރާތުން ފުލުހުންނަށް ލިބެމުން އަންނަ އެއްބާރުލުން ޝުކުރު އަދާކުރާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މި ހާއްސަ ތަމްރީނަކީ އަންނަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ސަމާމަތީ ކަންކަމަށް ތައްޔާރުވުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ފެށި ތަމްރީނެކެވެ.