އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކުރިއަށް ގެންދާ މެޑިކަލް އިންޓާންޝިޕްގެ އިތުރު ބުރަކަށް ހުޅުވާލައިފި އެވެ.
އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ މި ބުރުގައި 15 މީހަކަށް ޖާގަ ދޭން ނިންމާފައިވާ ކަމަށެވެ. އެހެންވެ އޭއީއެޗްގައި އިންޓާންޝިޕް ފުރިހަމަ ކުރަން ޝައުގުވެރިވާ މެޑިކަލް ގްރެޖްއޭޓުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 25 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މިކަމާ ބެހޭ އިތުުރު މައުލޫމާތު މި ނަންބަރު 6885045 އަދި މި މެއިލް [email protected] އިން ހޯދޭނެ އެވެ.
އޭއީއެޗްގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދު އޮންނަ ގޮތުން ޕްރެކްޓިސް ކުރުމަށް ޑޮކްޓަރުންނަށް ލައިސެންސް ދެވޭނީ 5-6 އަހަރުގެ ކިޔެވުމަށް ފަހު އެއް އަހަރުގެ އިންޓާންޝިޕެއް ފުރިހަމަ ކުރުމުންނެވެ. ރާއްޖޭގައި މިހާރު މެޑިކަލް އިންޓާންޝިޕް ކުރިއަށް ގެންދާ ތަންތަނުގެ ތެރޭގައި ދެން ހިމެނެނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން އޭޑީކޭގަ އެވެ.