Last Updated: August 5, 05:49
Tuesday, August 5, 2025
ޚަބަރު

ނިހާން ހިންގީ ފިނޑި އަމަލެއް: ނަޝީދު

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާން ހަސަން މަނިކު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ގެ މޫނަށް ނިހާނުގެ އަނގަ ދޮވި ފެން ޖެހުމަކީ ފިނޑި އަމަލެއް ކަމަށާއި، ރޮޒެއިނާއަށް އިންސާފު ލިބެން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖްލިސް ޖަލްސާގައި ނިހާން ވާހަކަ ދައްކަވަމުން ދަނިކޮށް ނިހާންގެ މޭޒު ކުރިމައްޗަށް ރޮޒޭ ހުއްޓުމާއި އެކު ނިހާން ވަނީ ކުރިމަތީގައި ހުރި ފެންތަށިން ކޯވަރެއް ބެއްލެވުމަށްފަހު "ކޯ ދޮވެފައި" އެ ފެން ރޮޒޭގެ މޫނަށް ޖަހާފައެވެ.

އޭގެ ފަހުން ނިހާން ވަނީ އެއީ "ކޮށިއަރައިގެން" ވީކަމެއް ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި ރޮޒޭ އާއި ނިހާނު އާއި ދެމެދު ވަނީ ބަހުގެ ހޫނު ހަމަލާތައް ބަދަލުވެފައެވެ.

ނިހާންއަކީ އެމްއެމްޕީއާރްސީން ގެއްލުނު 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގައި ބައިވެރިވެފައިވާ ފަރާތެއްކަމަށް އެމްޑީޕީ އާއި ދިވެހި ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.