Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

ދޯންޏެއްގެ ބުރަފަތިން ޖެހި ޓޫރިސްޓަކު މަރުވެއްޖެ

މޫދަށް އެރި އުޅުނު ޓޫރިސްޓަކު، ދޯންޏެއްގެ ބުރަފަތިން ޖެހ މިއަދު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އދ. ފެންފުށިީގެ ވޭލް ޝާކް ޕޮއިންޓަށް އެރި އުޅެނިކޮށް މަރުވީ ޖަރުމަނުގެ ފިރިހެނަކު ކަމަށެވެ. އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކުރީ ހެނދުނު 10:00 އެހާކަށްހާ އިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

މީގެ ކުރިން ވެސް މިފަދަ ހާދިސާގައި ރާއްޖޭގައި ޓޫރިސްޓުން މަރުވެފައިވެ އެވެ.