Last Updated: June 5, 10:59
Friday, June 5, 2026
ޚަބަރު

އޭއީއެޗަށް ހެޔޮ ބަދަލުތަކެއް ގެންނާނަން: އަދީލް

އައްޑޫގެ ސިއްހީ ދާއިރާ އަަށް ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އާ ސީއީއޯ ޑރ. އަހުމަދު އަދީލް ނަސީރު ވިދާޅުވެއްޖެ އެވެ.

އޭނަ އެ މަގާމަށް އައްޔަން ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި މަގާމާ ހަވާލުވެވަޑައިގެން ރަސްމީކޮށް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެވަަޑައިގަތީ މިއަދެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އަދީލް މިއަދު ވިދާޅުވީ އޭއީއެޗަކީ އައްޑޫގެ ފަޚުރެއް ކަމަށާއި އެއީ ރައްޔިތުންގެ ހިތުގެ ވިންދު ކަމަށެވެ. އަދި އެތަނުގެ ސީއޯގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އޭނަ އައްޔަން ކުރެއްވުމަކީ އެމަނިކުފާނު ކުރައްވާ އިތުބާރު ހާމަވެގެންދާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"މި ވަގުތު އަޅުގަނޑު ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ ކީރިތި ﷲ ގެ ވާގިފުޅާއެކު ރައްޔިތުން އެދިވަޑައިގަންނަވާ ފަދަ ހެޔޮ ބަދަލުތައް ގެނައުމަށް އަޅުގަނޑަށް ކުރެވެން އޮތް އިޚްލާސްތެރި މަސައްކަތެއް ސަރުކާރާއި، ސިޓީ ކައުންސިލާއި، މުއައްސަސާތަކާއި ރައްޔިތުންނާ ގުޅިގެން ކުރާނެކަން،" އަދީލް ވިދާޅުވި އެވެ. "އަދި މި މަަސައްކަތުގައި ހޮސްޕިޓަލުގެ ހުރިހާ ސްޓާފުންނާއި އެންމެހާ ރައްޔިތުން އަޅުގަނޑާއެކު ބަދަހިކޮށް ތިއްބެވުން އެދެން."

ތައުލީމީ ދާއިރާގައި ކުރިން މަަސައްކަތް ކުރެއްވި އަދީލް އެންމެ ފަހުން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. އޭނަ އޭއީއެޗްގެ ސީއީއޯގެ މަގާމަށް އައްޔަން ކުރީ ކުރިން އެ މަގާމުގައި ހުންނެވި މެޑިކަލް ޑޮކްޓަރު، ޑރ. އިބްރާހީމް ޔާސިރު އަހުމަދު ވަކިކުރުމަދް ފަހު އެވެ.