Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

މާލޭގައި ބަނގުރާ ވިއްކި އިންޑިއާ މީހަކު ހައްޔަރުކޮށްފި

މާލޭގައި ބަނގުރާ ގެންގުޅެ އެ ތަކެތި ވިއްކަމުން ދިޔަ މައްސަލައެއްގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ދިނިޝް މުރްގަން، 23، އެވެ.

ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އޮޕަރޭޝަންގައި ދިނިޝް ހައްޔަރުކޮށް، އޭނަ ދިރިއުޅޭ އެޕާޓްމަންޓާއި، އޭނާ ދުއްވި ސައިކަލު ބަލައިފާސްކުރި އިރު 12 ފުޅި ބަނގުރާ ފެނިފައިވެ އެވެ.

އޭނަ ޑީޕޯޓް ކުރަން މިހާރު އިމިގްރޭޝަނާ ފުލުހުން ވަނީ ހަވާލުކޮށްފަ އެވެ.