ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމަށް ކިޔަވަން މި އަހަރު ދޫކުރާ ސްޓޫޑެންޑް ލޯނަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ،
މި އަހަރު ދޭން ދޫކުރާ ލޯނު ސްކީމް މިއަދު އިފްތިތާޙްކޮށް ދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. ޢަލީ ޙައިދަރެވެ.
ލޯނަށް އެދި ހުށަހަޅަން ޖެހެނީ ކުރި ޕޯޓަލް kuri.gov.mv މެދުވެރިކޮށެވެ.
މިދިޔަ އަހަރު ސްޓޫޑެންޓް ލޯނަށް 548.16 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި ލޯނުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އަދަދު 1،740 އަށް އަރަ އެވެ.
ސްޓޫޑެންޓް ލޯނަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް 1.24 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.