Last Updated: June 6, 19:03
Saturday, June 6, 2026
ޚަބަރު

ސައިކަލުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދަނީ

އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހާއަކީ މި މައްސަލައިގައި ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ. އެހެންވެ، ފުލުހުން ވަނީ މިކަމުގައި އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުށް ފަރާތެއްވާނަމަ އެ މައުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.