ގަވާއިދުގެ ތެރެއަށް ވަނުމަށް އެދޭ ބިދޭސީންނަށް އިތުރު އެއް މަސް ދުވަހުގެ ފުުރުސަތެއް ދިނުމަށް ހޯމް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ހޯމް މިނިސްޓްރީން ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް ފަރާތްތަކާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް އަމާޒުކޮށް "އޮޕަރޭޝަން ކުރަނގީ" ގެ ދަށުން އެ މިނިސްޓްރީން ކުރިއަށްގެންދާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ މުއްދަތު، ގިނަ ވަޒީފާދޭ ފަރާތްތަކެއްގެ އެދުމުގެ މަތިން މޭއި 2 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތެވެ.
އަދި މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.