އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް އާސިމް މަގާމުން ވަކިކޮށްފި އެވެ.
އޭނާ މަގާމުން މިއަދު ވަކިކުރީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއެކު ދ. އަތޮޅު ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ ކަމަށް އެނގިފައިވެ އެވެ.
އާސިމް މަގާމުން ވަކިކުރަން ނިންމީ ސިޔާމް އިއްޔެ ދ. ރިނބިދުއަށް ކުރެއްވި ކެމްޕޭން ދަތުރުގައި އޭނާއަށް މަރުހަބާ ކިޔުމަށް އާސިމް ހުންނެވުމާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީއޭގެ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ސިޔާމްއާއެކު އަމަލީ ގޮތުން ހަރަކާތްތެރިވަމުންދާތީ ކަމަށް މައުލޫމާތު ލިިބިފައިވެ އެވެ.
އާސިމަކީ އެމްޑީއޭގެ މެންބަރަކެކެވެ.