Last Updated: June 6, 17:49
Saturday, June 6, 2026
ޚަބަރު

11 ރަށެއްގައި ފެނާއި ނަރުދަމާ ހަވާލުކޮށްފި

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމު ކުރުމުގެ އެއްބަސްވުމުގައި އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑްއާއެކު ކޮންސްޓްރަކްޝަން މިނިސްޓްރީން ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޙަމީދު އެވެ. އަދި، އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު ހުސެއިން ތަސްމީން އެވެ.

ސޮއިކުރެވުނު މަޝްރޫޢުތައް:

– ރަސްމާދޫ، ފ. ފީއަލީ އަދި ތ. ބުރުނީގައި ފެނުގެ ނިޒާމް ނިޒާމު ޤާއިމުކުރު މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްކުރުން

– ލ. އިސްދޫ، ލ. ކަލައިދޫ އަދި ލ. ދަނބިދޫގައި މިހާރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ބަދަލުކޮށް އައު ގްރެވިޓީ ނަރުދަމާ ނިޒާމެއް ޤާއިމުކުރުން

– ރ. އަނގޮޅިތީމް، ރ. ވާދޫ، ލ. ހިތަދޫ އަދި ގއ. ދެއްވަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރު މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ކުރުން

– ފުވައްމުލަކު ސިޓީގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު

މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީއު ބައިވެރިވެވަޑައިގެންނެވި އެވެ.