Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ކުޅުދުއްފުށީގައި 2000 ފްލެޓް އަޅަނީ

ކުޅުދުއްފުށީގައި 2،000 ފްލެޓްގެ ބިންގާ އަޅައިފި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދާއި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާޢޫދު އަދި މަޝްރޫއުގެ ސަބް-ކޮންޓްރެކްޓަރު ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑުގެ ޑިޒައިން ޑިރެކްޓަ ބަޝީރު އަޙްމަދު އުރަފާ އެވެ.

މި މަޝްރޫޢުގެ ދަށުން 14 ބުރީގެ 13 ޓަވަރު އިމާރާތް ކުރާނެ އެވެ. އެގޮތޔުން ހަދަން ނިންމާފައިވާ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކަކީ، 900 އަކަފޫޓުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ ތަންތަނެވެ. މީގެ ތެރޭގައި މިކްސް ރެސިޑެންޝަލް އިމާރާތްތަކުގައި ހިމެނޭ 1،856 ފްލެޓާއި، އަމިއްލަ ގެދޮރު ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށީ 2023 ގެ މެއި މަހު ފެށި ނަމަވެސް ވަކި ހިސާބަކުން އޮތީ ހުއްޓިފައެވެ. އަދި މިދިޔަ އެ މަޝްރޫއުގެ މަސައްކަތް އެޗްޑީސީއާ ޙަވާލުކުރި އެވެ.