Last Updated: June 4, 20:19
Thursday, June 4, 2026
ޚަބަރު

ތަހުގީގަކަށް ހިތަދޫ މީހަކު ހޯދަނީ

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އައްޑޫ ހިތަދޫ މީހަކު ފުލުހަށް ހާޒިރުވާން އަންގައި އިއުލާންކޮށްފި އެވެ.

ތަހުގީގަށް ހާޒިރު ވާން އަންގާފައި ވަނީ ހިތަދޫ ދާގަނޑުކެކުރިގޭ ޝާފިއު ޝިހާބް، 33، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކު ކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ޝާފިއު ހާޒިރު ވާން އަންގާފައިވެ އެވެ.