ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ގެންނަ ބިދޭސީންގެ ޢަދަދު 20 އަށް ވުރެ މަދު ނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ވިޔަފާރިތަކަށް ބިދޭސީން ގެންނަ ނަމަ މީގެ ކުރިން 2،000ރ. ގެ ކޯޓާ ފީއެއް ދައްކަން ޖެހެ އެވެ. އެ ފީ 12 މަސް ދުވަހުެ ތެރޭގައި ދައްކަން ޖެހެނީ ހޯމްލޭންޑް މިނިސްޓްރީއަށެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމަށްޓަކައި ސަރުކާރުން މިހާރު ވަނީ "ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް" އިސްލާޙެއް ގެނެސްފަ އެވެ.
އެ އިސްލާޙާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެ ކުރުމަށް އެދި ހުށައަޅާފައިވާ ބިދޭސީންގެ ޢަދަދު 20 އަށްވުރެ މަދު ނަމަ، ކޯޓާ ފީ ދައްކާކަޑް ނުޖެހޭނެ އެވެ. ނަމަވެސް އެ އިސްތިސްނާ ދެވޭ ކުންފުންޏާ ގުޅުންހުރި ވިޔަފާރީގެ ހިއްސާދާރަކު ނުވަތަ މަސްއޫލުވެރިޔަކު ހިމެނިގެން އުފައްދާފައިވާ އެހެން ކުދި އަދި މެދު ފަންތީގެ އެހެން ވިޔަފާރިއަކަށް މި މާއްދާގެ ދަށުން ދެވޭ ކޯޓާ ފީ ދެއްކުމުން ދެވޭ އިސްތިސްނާއެއް ނުލިބޭނެ އެވެ.
އަދި ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުން ވެސް 20 އަށް ވުރެ ކޯޓާ އިތުރުކުރާ ޙާލަތުގައި 21 ވަނަ ސްލޮޓުން ފެށިގެން އިތުރުވާ ކޯޓާތަކަށް، ކޯޓާ ފީ ދައްކަން ޖެހޭނެ އެވެ.