ނ. ހޮޅުދޫ ސިއްހީ މަރުކަޒުގައި މެޑިކަލް ވޯކް ޕާމިޓް ހިދުމަތް ފަށައި ފިއެވެ.
އެ ހިދުމަތް އިއްޔެ ފައްޓަވައި ދެއްވީ ހެލްތު މިނިސްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ގާސިމެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތް ކުރަން އަންނަ އިރު، ވ÷ކް ޕާމިޓް ހޯދަން ޖެހޭއިރު މިކަމަށް މެޑިކަލް ރިޕޯޓް ބޭނުންވެ އެވެ. އެހެންވެ ސަރުކާރުގެ ސިއްޙީ ސިޔާސަތުގެ ދަށުން ރަށްރަށުގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަކުތަކުގައި މެޑިކަލް ވޯކް ޕާމިޓް ހެއްދުމުގެ ޚިދުމަތް އަންނަނީ ތަޢާރަފް ކުރަމުންނެވެ.
މިގޮތުން ހޮޅުދޫ ސިއްޙީ މަރުކަޒުގައި އެ ޚިދުމަތް ފެށި އިރު، މިއީ އެ ޚިދުމަތް އެ އަތޮޅުން ދޭން ފެށި 3 ވަނަ ރަށެވެ. މީގެ ކުރިން އެ ޚިދުމަތް ލިބެނީ މަނަދޫ ހޮސްޕިޓަލުންނާއި ވެލިދޫ ސިއްހީ މަރުކަޒުންނެވެ.
ބިދޭސީންގެ ވޯކް ޕާމިޓް ދޫކުރާނީ "ވޯކް ޕާމިޓް މެޑިކަލް" ރިޕޯޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުންނެވެ. ވޯކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވާ ފަރާތްތަކަށް 15 ދުވަހުގެ ތެރޭގައި ވޯކް ޕާމިޓް މެޑިކަލް ރިޕޯޓް ހުށަހަޅަން ޖެހެ އެވެ.